ކައުންސިލްގެ 4 ވަނަ ދައުރުގެ 199 ވަނަ ޢާއްމު ބައްދަލުވުން
ބައްދަލުވުމުގައި ކުރެވުނު މަސައްކަތް
ކައުންސިލްގެ 199 ވަނަ ބައްދަލު ވުމުގެ އެޖެންޑާ ފާސްކުރެވުނެވެ ކައުންސިލްގެ 198 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސް ކުރެވުނެވެ ކައުންސިލްގެ 04 ވަނަ ދައުރުގެ 09 ވަނަ ކުއްލި ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރެވުނެވެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާ ގުޅިގެން، އެ ދުވަހަށް ކަނޑައަޅާފައިވާ ތާރީޚުގައި ނޫނަސް، ގަސް ހަދިޔާކުރުމުގެ ޕްރޮގްރާމަކާއި 31 މެލޭޝިއާ ރުއް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމުނެވެ މޫސުން ތަންދޭނަމަ ބޮޑު ޖަމާއަތުގައި ނަމާދުކުމާއި ކުޑަކުދިންގެ ހަވީރެއް ކުރިއަށްގެންދިއުމުގެ އިތުރުން މިފަދަ މުނާސަބާއި ގުޅިގެން މަގުމަތީގައި ކުޅޭ ކުޅިވަރުތަށް ކުޅުމަށް ކައުންސިލުގެ ހުއްދަ އަކާއިނުލާ މަގު ބޭނުން ކުރުމުގެ ފުރުޞަތު ދޭން ފެންނަކަމަށް ނިންމުނެވެ |
ބޭންކް އޮފް މޯލްޑިވްސްއިން ހއ.މުރައިދޫ ރައްޔިތުން ނަމުގައި މިއިދާރާއިން ގަނެފައިވާ ޙިއްސާގެ ފައިދާ ނެގުމާއި، ޙިއްސާއާއި ޤުޅޭ އެންމެހާ ލިޔެކިޔުމުގައި ސޮއި ކުރުމުގެ ހުއްދަ މި އިދާރާގެ ކައުންސިލް އެގްޒެކްޓިވް އާއިޝަތު ސިފްނާ އަށް ދިނުމަށް ފެންނަކަމަށް ނިންމުނެވެ