އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

ތައާރަފް

ހއ. މުރައިދޫ އަންހެނުންގެ ތަރަށްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދައިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ޤާނުނުގެ ދަށުން ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިވާ ކޮމެޓީއެކެވެ. ޖުމުލަ 5 މެންބަރުން ހިމެނޭ މިކޮމެޓީގައި ތިއްބަވަނީ، ކޮމެޓީގެ ރައީސާ،ނައިބު ރައީސާ އަދި 3 ކޮމެޓީ މެންބަރުންނެވެ. ކޮމެޓީގެ އަމާޒަކީ ލާމަރުކަޒީ ޤާނޫނުގެ ރޫޙާއެއްގޮތްވާ ގޮތުގެ މަތިން ހއ.މުރައިދޫ އަންހެނުންގެ ތަރަށްޤީއަށް މަސައްކަތްކުރާ ކޮމިޓީ ހިންގުމާއި، ހއ. މުރައިދޫ ގައި ދިރިއުޅޭ ރައްޔިތުންނަށް އިޤްތިޞާދީގޮތުންނާއި، ތަޢުލީމީ ގޮތުންނާއި، ސިއްޙީގޮތުން އަދި އުމުރާނީ ގޮތުން ރަށުގެ ކުރިއެރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމެވެ. އަދި ޙާއްސަކޮށް މުޖުތަމަޢުގައި އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން މަސައްކަތް ކުރުމެވެ.

ތަސައްވަރު

ހއ.މުރައިދޫގައި ދިރިއުޅޭ ރައްޔިތުންނަކީ، ދީނީގޮތުން ހޭލުންތެރިވެފައިވާ ބަޔަކަށް ހެދުމާއި، ސަރުކާރުން ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތަކަކީ، ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދޭ ޚިދުމަތްތަކަކަށް ހެދުމާއި އަދި ޒަމާނާއި އެކަށީގެންވާ ރަނގަޅު ފެންވަރެއްގެ ތަޢުލީމު ރަށުގައި ތިބެގެން ލިބޭނެ މަގުތަނަވެސްވެފައިވާ ރަށަކަށް ހެދުމެވެ. ހަމަ އެއާއި އެކު ރަށުގައި ދިރިއުޅޭ ރައްޔިތުން އަދި ހާއްސަކޮން ރަށުގައި ދިރިއުޅޭ ޒުވާނުންނަކީ ފުދުންތެރި ކުށުގެ ވެއްޓާއި ދުރު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ބަޔަކަށް ހެދުމާއި، ރަށުގައި ދިރިއުޅޭ އަންހެން ކަނބަލުންނަކީ މުޖުތަމައުގައި ބާރުވެރިބައެއްކަމުގައި ހެދުމާއި، ރައްޔިތުންނަކީ އެއްބައިވަންތަ ބަޔަކަށް ހެދުމާއި އަދި މިރަށަކީ އިޖުތިމާއީ ގޮތުންނާއި އުމުރާނީ ގޮތުން އަދި އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ރަށަކަށް ހެދުމެވެ.

އަމާޒު

ރަށުގައި ދިރިއުޅޭ ރައްޔިތުންނަކީ ފުދުންތެރި އަދި ހާއްސަކޮށް ޒުވާނުންނަކީ ތަޢުލީމީ ޤާބިލު ޒުވާނުންތަކެއް އުފެއްދުމާއި، މުޖުތަމަޢުގައި އަންހެނުންނަކީ ބާރުވެރި ބަޔަކަށް ހެދުމާއި، އަސާސީ އަދި އުމްރާނީ ޚިދުމަތްތައް ފުރިހަމަވެފައިވާ ދުޅަހެޔޮ ސިއްޙަތެއްގައި ތިބި ރައްޔިތުންތަކެއް ތިބި ރަށަކަށް ހެދުމެވެ.