މެމްބަރުން

ޝިފާޒާ މުޙައްމަދު

އ.ތ.މ ކޮމެޓީގެ ރައީސް

ޒާހިޔާ އިސްމާޢީލް

ކޮމެޓީގެ ނައިބު ރައީސް

ރަމްޒިއްޔާ ޙުސައިން

ކޮމެޓީގެ މެންބަރު

ފާތިމަތު ޝަބާނާ

ކޮމެޓީގެ މެންބަރު

ރައޫފާ އުމަރު

ކޮމެޓީގެ މެންބަރު

މެމްބަރުންގެ މަސްއޫލިޔަތުތައް

އ.ތ.މ ކޮމެޓީގެ ރައީސާގެ މަސްޢޫލިއްޔަތު

  1. ކޮމެޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮމެޓީން ނިންމާ ނިންމުންތައް ތަންފީޛުކުރުން؛
  2. ކޮމިޓީގެ މަޤްޞަދާއެއްގޮތަށް ކޮމިޓީގެ ހަރަކާތްތައް ރާވާ ހިންގުން؛
  3. ކޮމެޓީގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ކޮމެޓީން އެކަށައަޅާ މަސައްކަތު ތާވަލާއި ބަޖެޓުގެ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތަށް ކޮމެޓީގެ މަސައްކަތްތައް ބައްޓަންކުރުން؛
  4. ކޮމެޓީގެ ބައްދަލުވުންތައް ގަވާއިދުން ބޭއްވުމާއި ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛
  5. ކޮމެޓީގެ ޙަރަކާތްތައް ހިނގަމުންދަނީ ކޮމެޓީގެ މަޤްޞަދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛
  6. ކޮމެޓީން އެކުލަވާލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޢާންމުކުރަންޖެހޭ ނިންމުންތައް ޢާންމުކުރެވޭކަން ކަށަވަރުކުރުން؛
  7. ކޮމެޓީ ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކޮމެޓީ ތަމްސީލުކުރުން؛
  8. ކޮމެޓީ ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛
  9. ކޮމެޓީގެ މާލީ ޒިންމާތައް ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު)އާއި އެއްގޮތްވާ ގޮތުގެމަތިން އަދާކުރަމުންދާކަން ކަށަވަރުކުރުން؛
  10. ކޮމެޓީގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން؛
  11. ކޮމިޓީގެ މާލިއްޔާއިން ކުރަންޖެހޭ ޚަރަދުތައް ކުރުމުގެ ހުއްދަ ދިނުމާއި ފައިސާގެ ކަންތައްތައް ކަނޑައެޅިފައިވާ ގަވާއިދުން ހިންގާތޯ ބެލުން؛
  12. ކޮމިޓީގެ މާލިއްޔާއިން ކުރަންޖެހޭ ޚަރަދުތައް ކުރުމުގެ ހުއްދަ ދިނުމާއި ފައިސާގެ ކަންތައްތައް ކަނޑައެޅިފައިވާ ގަވާއިދުން ހިންގާތޯ ބެލުން؛
  13. މި މިނޫންވެސް ޤާނޫނުގައި ކޮމިޓީގެ މަސްއޫލިއްޔަތުތައްކަމަށް ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

އ.ތ.މ ކޮމެޓީގެ ނައިބު ރައީސާގެ މަސްޢޫލިއްޔަތު

  1. ކޮމެޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮމެޓީގެ ރައީސަށް އެހީތެރިވެދިނުން؛
  2. ކޮމެޓީގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ ޢުޛުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެ މަޤާމު ހުސްވެއްޖެ ޙާލަތެއްގައި، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމެޓީގެ ނައިބު ރައީސެވެ. މީގެ އިތުރުން، ކޮމެޓީގެ ރައީސް ކޮމެޓީގެ ނައިބު ރައީސާ ޙަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އަދާކުރަންވާނެއެވެ.
  3. ކޮމެޓީން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން؛
  4. މި މިނޫންވެސް ޤާނޫނުގައި ކޮމިޓީގެ މަސްއޫލިއްޔަތުތައްކަމަށް ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

އ.ތ.މ ކޮމެޓީގެ މެމްބަރުންގެ މަސްޢޫލިއްޔަތު

  1. ރަށުގެ އަންހެނުންނަށް ދިމާވާ ދަތިތައް ކޮމެޓީގެ ސަމާލުކަމަށް ގެނައުމާއި އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން؛
  2. ކޮމެޓީގެ ޖަލްސާތަކުގައި ބައިވެރިވުން؛
  3. ކޮމެޓީގެ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި މަސައްކަތްކުރުން؛
  4. ކޮމެޓީން އެކުލަވާލަންޖެހޭ ޕްލޭންތަކާއި މަސައްކަތު ތާވަލާއި ބަޖެޓު އެކުލަވާލުމުގައި ޢަމަލީ ގޮތުން ބައިވެރިވުން؛
  5. ކޮމެޓީގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ކޮމެޓީގެ ރައީސް ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
  6. މި މިނޫންވެސް ޤާނޫނުގައި ކޮމިޓީގެ މަސްއޫލިއްޔަތުތައްކަމަށް ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.