ކައުންސިލްގެ 4 ވަނަ ދައުރުގެ 227 ވަނަ ޢާއްމު ބައްދަލުވުން
ބައްދަލުވުމުގައި ކުރެވުނު މަސައްކަތް
- ކައުންސިލްގެ 227 ވަނަ ބައްދަލު ވުމުގެ އެޖެންޑާ ފާސްކުރެވުނެވެ.
- ކައުންސިލްގެ 226 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސް ކުރެވުނެވެ.
- ގޯލްޑަން ފުޓްސަލް މުބާރާތް 2026 ގައި ކައުންސިލުން ބައިވެރިވުމަށް ނިންމުނެވެ.
- ކައުންސިލަށް ހެވީ ވެހިކަލެއްގެ ގޮތުގައި އެކްސްކަވޭޓަރެއް ގެނައުމަށް ނިންމުނެވެ.
- ތިލަ އުތުރު މަސްރޭސް 2025 ގައި ބައިވެރިވުމަށް ފނިންމުނެވެ.
- ސިވިލް ސަރވިސްގެ ސިޓީ ނަންބަރު 188-CSRS/256/2025/6 (30 ނޮވެންބަރު 2025) އާއި ގުޅިގެން ސެކްރެޓަރީ ޖެނެރަލްގެ މަސްޢޫލިއްޔަތު ވަގުތީ ގޮތުން ޙަވާލުކުރާނެ ފަރާތެއްގެ ގޮތުގައި ކައުންސިލް އެގްޒެކެޓިވް ޢާއިޝަތު ޞިފްނާ ކަނޑައެޅުމަށް ނިންމުނެވެ.
- ޤުރުއާން ކްލާސް ހިންގަމުންދާ ފަތޯ އެކަޑަމީ އާއެކު ވެފައިވާ އެއްބަސްވުން އާކުރުމަށް ނިންމުނެވެ.
- އިދާރީ ގޮތުން ހުށަހަޅާފައިވާ ބަޖެޓް ކޮންޓްރޯލް ފޯމު ނަންބަރު (BCF)256/13/2025/07 ފާސްކުރުމަށް ނިންމުނެވެ.
- އިދާރީ ގޮތުން ހުށަހަޅާފައިވާ ބަޖެޓް ކޮންޓްރޯލް ފޯމު ނަންބަރު (BCF)256/13/2025/08 ފާސްކުރުމަށް ނިންމުނެވެ.