އަމްޖަދު މުޙައްމަދު
ކައުންސިލްގެ ރައީސް
ކައުންސިލްގެ 05 ވަނަ ދައުރު
އަލްފާޟިލް އަމްޖަދު މުޙައްމަދަކީ ލާމަރުކަޒީ ޤާނޫނު 2010/07 ގެ ދަށުން، ރައްޔިތުންގެ ވޯޓުން މުރައިދޫ ކައުންސިލަށް އިންތިޚާބުވި ދެވަނަ ރައީސެވެ. ކައުންސިލްގެ ރައީސްގެ ހައިޞިއްޔަތުން ކައުންސިލް ހިންގެވުމުގެ އެންމެހާ ޒިންމާތައް އަދާކުރައްވަމުން ގެންދަވަނީ އަމްޖަދު މުޙައްމަދެވެ. އެގޮތުން ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރެއިން، ކައުންސިލްގެ މެންބަރުންނާއި ޙަވާލުވެފައިވާ ޒިންމާތައް ކަނޑައެޅިފައިވާ ގޮތުގެ މަތީން އަދާކުރަމުންދޭތޯ ބަލައި ސުޕަވައިޒްކުރައްވާނީ ކައުންސިލްގެ ރައީސެވެ. އޭގެ އިތުރުން ރަށުތެރޭގެ އަމަން އަމާންކަން ބެލެހެއްޓުމާއި ގުޅޭ ކަންކަން މޮނިޓަރކުރުމާއި، މިސްކިތުގެ މަރާމާތުގެ މަސައްކަތާއި މިސްކިތާއި ގުޅޭ އެންމެހާ ޚިދުމަތްތައް ކުރިއަށްދާ ގޮތް ބަލާ މޮނިޓަރ ކުރުމުގެ އިތުރުން ރައްޔިތުންގެ މުދަލާއި ތަކެތި ކުއްޔައް ދޫކުރުމާއި ތަކެތި ބެލެހެއްޓުމުގެ ޒިންމާ ނަންގަވާނީ ކައުންސިލްގެ ރައީސެވެ. ސިޔާސީ ދާއިރާއަށް ވެންނެވުމުގެ ކުރިން އަމްޖަދު މުޙައްމަދު މަސައްކަތް ކުރައްވާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ.