ރައިޝާން އަހުމަދު ސަލީމް
އެސޯސިއޭޓް ކައުންސިލް އޮފިސަރއަލްފާޟިލް ރައިޝާން އަޙުމަދު ސަލީމް އެސިސްޓެންޓް ކައުންސިލް އޮފިސަރގެ ގޮތުގައި ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާއާއި ގުޅިވަޑައިގަތީ 14 ސެޕްޓެމްބަރު 2023 ގައެވެ. އެސިސްޓެންޓް ކައުންސިލް އޮފިސަރ ގެ ހައިސިއްޔަތުން މި ކައުންސިލްގައި ރައިޝާން އަޙުމަދު ސަލީމް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ފައިސާ ބަލައިގަތުމާއި ޕޭމަންޓް ވައުޗަރ ހެދުމާއި ޚަރަދު ރިޕޯޓް އަދި ޢާންމުދަނީ ރިޕޯޓް ތައްޔާރުކޮށް ފޮނުވުމާއި ބަޖެޓު ތައްޔާރުކުރުން ހިމެނެއެވެ. އަލްފާޟިލް ރައިޝާން އަޙުމަދު ސަލީމް މި އިދާރާއާއި ގުޅިވަޑައިގަތުމުގެ ކުރިން މަސައްކަތް ކުރެއްވީ ޕްރައިވެޓް ސެކްޓަރގައެވެ.