 
        ޙުސައިން އަސްވަދު
ސެކްެރެޓަރީ ޖެނެރަލް
6500603
hussain.aswadh@muraidhoo.gov.mv
02 ސެޕްޓެމްބަރު 2025
މި އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި އަލްފާޟިލް ޙުސައިން އަސްވަދު، ޔާން، ހދ.ނެއްލައިދޫ މި އިދާރާއާއި ގުޅިވަޑައިގަތީ، 02 ސެޕްޓެންބަރު 2025 ގައެވެ. ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މުވައްޒަފުގެ ޙައިޞިއްޔަތުން އަލްފާޟިލް ޙުސައިން އަސްވަދު މި އިދާރާގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ކައުންސިލްގެ އިދާރާ ހިންގުމަށް ބޭނުންވާ އެންމެހާ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާއި އިދާރާގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމާއި، ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި، ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ކައުންސިލްގެ ރައީސަށް ޖަވާބުދާރީވުމާއި މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކުރުމާއި، ކައުންސިލްގެ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތުގެ އިތުރަށް ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ ޙައިޞިއްޔަތުން، ކައުންސިލްގެ މުދަލާއި ފައިސާއާ ގުޅޭ މަސައްކަތްތައް ބެލެހެއްޓުން ހިމެނެއެވެ. މިއިދާރާއާއި ގުޅިވަޑައިގަތުމުގެ ކުރިން އަލްފާޟިލް ޙުސައިން އަސްވަދު ސަރުކާރުގެ އެހެން މަޤާމުތަކުގައި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރައްވާފައިވެއެވެ.
