 
        އަފްރާޙް އިބްރާހީމް
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް
6500610
afraah.ibrahim@muraidhoo.gov.mv
21 އޮކްޓޯބަރު 2018
އަލްފާޟިލާ އަފްރާޙް އިބްރާހީމް ތިލަދުންމަތީ މުރައިދޫ ކައުންސިލާއި ގުޅިވަޑައިގަތީ 21 އޮކްޓޯބަރ 2018 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރއެއްގެ ގޮތުގައެވެ. 01 ޖޫން 2021 ގައި ކައުންސިލްތަކުގެ އިދާރީ އޮނގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން އެސިސްޓެންޓް ކައުންސިލް އޮފިސަރ އަށް މަޤާމްގެ ނަން ބަދަލުވުމާއި ގުޅިގެން އެމަޤާމްގައި މަސައްކަތް ކުރެއްވުމަށްފަހު 15 މޭ 2022 ގައި ކައުންސިލް އޮފިސަރގެ މަޤާމަށް ބަދަލުވިއެވެ. އެއަށްފަހު މި ކައުންސިލް އިދާރާގެ މުނިސިޕަލް އެންޑް އިންފްރާސްޓްރަކްޗަރ މެނޭޖްމަންޓް ޔުނިޓްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވްގެ މަޤާމަށް 24 ޖުލައި 2023 ގައި ބަދަލުވިއެވެ. މި އިދާރާގެ މުނިސިޕަލް އެންޑް އިންފްރާސްޓްރަކްޗަރ މެނޭޖްމަންޓް ޔުނިޓްގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އަލްފާޟިލާ އަފްރާޙް އިބްރާޙީމް ކުރައްވަމުން ގެންދަވަނީ މުނިސިޕަލް ޚިދުމަތްތަކާއި ގުޅޭ މަސައްކަތްތަކެވެ. އެގޮތުން އަފްރާޙް އިބްރާހީމް މި އިދާރާގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި އުފަންވާ ކުދިންނާއި މަރުވާ މީހުންގެ މަޢުލޫމާތު ބެލެހެއްޓުމާއި އުފަންދުވަހުގެ ސެޓްފިކެޓާއި ރަށްވެހީންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި އައިޑީކާޑު ހެއްދުމުގެ މަސައްކަތުގެ އިތުރުން ގެމެން ޕޯޓަލްގެ މަސައްކަތް އަދި ރަށުން ދޫކޮށްފައިވާ ގޯތި ތަކުގެ ދަފްތަރު ބެލެހެއްޓުމާއި، ގޯތި ގެދޮރާއި ގުޅޭ އެހެނިހެން ޚިދުމަތްތައް ދިނުމާއި ރަށުގެ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރު ބެލެހެއްޓުން ހިމެނެއެވެ. އަލްފާޟިލާ އަފްރާޙް އިބްރާހީމް ސަރުކާރުގެ ޚިދުމަތާއި އެންމެ ފުރަތަމަ ގުޅިވަޑައިގަތީ 24 ޖެނުއަރީ 2008 ގައި މުރައިދޫ ސިއްޙީ މަރުކަޒުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރއެއްގެ ގޮތުގައެވެ. އޭގެ ކުރިން ތަޢުލީމީ ދާއިރާގައި މުރައިދޫ ސްކޫލްގެ ރިލީފް ޓީޗަރއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވެއެވެ.
