 
        ނުޒުހަތު ޙަސަން
ކައުންސިލް އޮފިސަރ
6500608
nuzuhath.hassan@muraidhoo.gov.mv
10 ފެބްރުއަރީ 2019
އަލްފާޟިލާ ނުޒުހަތު ހަސަން ތިލަދުންމަތީ މުރައިދޫ ކައުންސިލާއި ގުޅިވަޑައިގަތީ 10 ފެބްރުއަރީ 2019 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރއެއްގެ ގޮތުގައެވެ. 01 ޖޫން 2021 ގައި ކައުންސިލްތަކުގެ އިދާރީ އޮނގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން އެސިސްޓެންޓް ކައުންސިލް އޮފިސަރ އަށް މަޤާމްގެ ނަން ބަދަލުވިއެވެ. 13 ޖޫން 2024 އިން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ކައުންސިލް އޮފިސަރއެއްގެ ގޮތުގައެވެ. އަލްފާޟިލާ ނުޒުހަތު ހަސަން ކައުންސިލް އޮފިސަރއެއްގެ ހައިސިއްޔަތުން މި އިދާރާގައި މަސައްކަތްކުރައްވަމުން ގެންދަވަނީ އެޑްމިން އެންޑް އެޗް އާރު ގައެވެ. އެގޮތުން ނުޒުހަތު ޙަސަން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި މި އިދާރާގެ ސްޓޮކް ބެލެހެއްޓުމާއި ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުމާއި މި އިދާރާއަށް ލިބޭ ލިޔެކިޔުންތައް އެންޓަރކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުމާއި، ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުމުގައި އެހީތެރިވުމާއި އިތުރުން މަސްދުވަހުގެ ރިޕޯރޓް ތައްޔާރުކޮށް އަތޮޅު ކައުންސިލަށް ފޮނުވުމުގެ މަސައްކަތް ބެލެހެއްޓުމާއި ކައުންސިލުން ކުރިއަށް ގެންދާ އެކި އެކި ޙަރަކާތްތައް އިންތިޒާމްކުރުމުގެ މަސައްކަތް ހިމެނެއެވެ. އަލްފާޟިލާ ނުޒުހަތު ހަސަން ސަރުކާރުގެ ޚިދުމަތާއި އެންމެ ފުރަތަމަ ގުޅިވަޑައިގަތީ 28 އޮގަސްޓް 2016 ގައި މުރައިދޫ ސްކޫލްގެ ޕްރިންޓަރ އެއްގެ ގޮތުގައެވެ. އޭގެ ކުރިން ތަޢުލީމީ ދާއިރާގައި މުރައިދޫ ސްކޫލްގެ ރިލީފް ޓީޗަރއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވެއެވެ.
