އައުޓްޑޯ ޖިމް ހެދުމުގެ މަސައްކަތް

އައުޓްޑޯ ޖިމް ހެދުމުގެ މަސައްކަތް

ތަފްސީލް

ޖިމް ހެދުމަށް ކަނޑައަޅާފައިވާ ބިމާއި، އެ ބިމާއި އިންވެގެން ކޮންމެ ފަރާތާކުން 5 ފޫޓުގެ ފުޅާމިނަށް ބިން ސާފުކޮށް، ފަސްގަނޑު އެވަރުކޮށް، ގައު ކުނޑިއާއި ކުނިތައް ނަގައި އުކާލުން. ފައުންޑޭޝަން ތަކުގެ މަސައްކަތްތައް. ބިންގަޑު ކޮމްޕެކްޓްކޮށް، ކުރެހުމާއި އެއްގޮތަށް ގައު އަތުރަންޖެހޭ ތަންތަނުގައި ގައު އަތުރައި، އެއްވަރުކުރުން. އަތުރާފައިވާ ގައު ތަކާއި ފާރުބުރި ތަކުގައި ކަނޑައަޅާފައިވާ އަދި އެޕްރޫވް ކޮށްފައިވާ ކުލަ ލައި، ރީތިކުރުން. ޖިމުގައި ހަރުކުރުމަށް/ ބެހެއްޓުމަށް ގެނެސްފައިވާ އިކުއިޕްމަންޓްތައް ގުދަން ކޮށްފައިވާ ތަނުން ނަގައި، ސައިޓަށް ގެންގޮސް، ސާފުކޮށް، އިންސްޓޯލްކުރަންޖެހޭ ތަންތަނުގައި އިންސްޓޯލްކުރުން.

އިތުރު މައުލޫމާތު

މަސައްކަތް ކުރާ ފަރާތް
ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަދި ވިދުވަރު ވަޑާން
ހަވާލުކުރި ފަރާތް
މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
އަގު
163158 ރ
ހާލަތު
މަސައްކަތް ނިމިފައި
ނިމުނު މިންވަރު
100%
ފެށުނު ތާރީޙު
03 އޮގަސްޓު 2021
ނިމޭނެ ކަމަށް ލަފާކުރާ
06 ޖުލައި 2022
ނިމުނު ތާރީޙު
06 ޖުލައި 2022