ބާރަށު ޒުވާނުންގެ ދިރުމުން ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ތައްޔާރީތައް ފަށައިފި

20 ނޮވެމްބަރު 2022 | 20:21

ހއ. ބާރަށު ޒުވާނުންގެ ދިރުމުން އިންތިޒާމްކޮށްގެން، ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން މިއަހަރުގެ ޑިސެންބަރު މަހު  ކުރިއަށްގެންދިއުމަށް ނިންމާފައިވާ ވޮލީ މުބާރާތުގައި މިރަށު އަންހެން ވޮލީ ޓީމް އަދި ފިރިހެން ވޮލީ ޓީމް ބައިވެރިވުމަށް ވާންޖެހޭ ތައްޔާރީތައް ފަށައިފިއެވެ. އެގޮތުން މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ އަންހެން އަދި ފިރިހެން ބޭފުޅުންނާއެކު 01 ނޮވެންބަރު 2022 އިން ފެށިގެން ޕްރެކްޓިސްތައް ކުރިއަށްގެންދެވެއެވެ. މުބާރާތަށް ތައްޔާރުވުމަށް ކުރިއަށް ގެންދެވޭ ޕްރެކްޓިސްތަކަށް ދެޖިންސުގެ ޒުވާނުންގެ ފަރާތުން ވަރަށް އެދެވޭ ތަރުހީބެއް ލިބެމުންދާކަން ކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ.

 

ބާރަށު ޒުވާނުންގެ ދިރުމުން 2021 ވަނަ އަހަރު ހއ.އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދެވުނު ވޮލީ މުބާރާތުގައި މިރަށުގެ އަންހެން ވޮލީ ޓީމު ބައިވެރިވެ މުބާރާތުގެ ރަނައަޕްކަން ހޯދާފައިވެއެވެ.