މުރައިދޫ ކައުންސިލްގެ 1 ވަނަ މަދަހަ މުބާރާތް ބާއްވައި
10 ސެޕްޓެމްބަރު 2025 | 12:15
މުރައިދޫ ކައުންސިލްގެ 01ވަނަ މަދަހަ މުބާރާތް ބާއްވައިފިއެވެ. މި މުބާރާތް ބޭއްވުމުގެ މަޤުސަދަކީ މުރައިދޫ ރައްޔިތުންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބި ޖައްސައި މަދަހަ އާއި ސަނާ ކިޔުމުގެ ފަންނު ދިރުވާ އާލާކުރުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނީ ކަންކަމަށް ލޯބިޖެއްސުމާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙް އާލާކުރުމެވެ. މި މުބާރާތް ކުރިއަށްގެންދެވިފައިވަނީ 4 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. 2025 ސެޕްޓެމްބަރ 04 އަދި 05 ގައި ކުރިއަށް ގެންދެވުނު މި މުބާރާތުގައި ޖުމްލަ 46 ބައިވެރިން، ބައިވެރިވެފައިވެއެވެ.
މި މުބާރާތުގެ ފަޙުރުވެރި 1 ވަނަ ޙާޞިލުކުރީ 16 އަހަރުން ދަށުގެ އުމުރުފުރާއިން ބައިވެރިވި އަފްލާކް ބިން މުޙައްމަދު މުއާޛުއެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2025 ސެޕްޓެމްބަރ 05 ވަނަ ދުވަހުގެ ރޭ މުރައިދޫ ސްކޫލް ހޯލުގައެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެޙެމާނަކީ ހއ.އަތޮޅު ކައުންސިލްގެ މެންބަރ ހއ. ވަށަފަރު ކައުންސިލްގެ ރައީސް އަޙްމަދު މުއީންއެވެ.
ފަހުގެ ޚަބަރުތައް
މުރައިދޫ ކައުންސިލްގެ 04 ވަނަ ޤުރްއާން މުބާރާތް ބާއްވައިފި
03 ޖޫން 2025 | 13:23
މުރައިދޫ ކައުންސިލްގެ 3 ވަނަ ޤުރްއާން މުބާރާތް ބާއްވައިފި
15 ޖުލައި 2024 | 08:45
ދަނޑުވެރިންނަށް އަމާޒުކޮށްގެން ބޭސިކް އެގްރިކަލްޗަރ ތަމްރީނު ޕޮރޮގްރާމެއް ހިންގައިފި
20 ޑިސެމްބަރު 2022 | 11:31
ރައްކާތެރިގޮތުގައި ކަރަންޓް ސާމާނު ބޭނުންކުރާނެގޮތުގެ އެވެއަރނެސް ޕްރޮގްރާމެއް ބާއްވައިފި
20 ނޮވެމްބަރު 2022 | 20:28